މިސްބާޙް މުޖުތަބާ

ގއ. މާމެންދޫ ކައުންސިލްގެ ރައީސް ކަމަށް

ލޯކަލް ކައުންސިލް އިންތިޚާބު 2026

ޒުވާނުންނާއި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުގެ ތަޞްވީރު

ކެމްޕެއިންގެ އެހެނިހެން ކެންޑިޑޭޓުން

Candidate Afshan
Candidate Ashfa
Candidate Nizama
Candidate Sara
Candidate Shazmeena
Candidate Afshan
Candidate Ashfa
Candidate Nizama
Candidate Sara
Candidate Shazmeena
Youth Aquaculture

ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށްޓަކައި އާމްދަނީއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުން

ރަށުގެ ޒުވާން ޖީލަށް އާމްދަނީއާ ވިޔަފާރީގެ ފުރުސަތުތައް ހޯދައިދީ، ސީ ގްރާސް އާލާކުރުމާއި، މޫދުވިނަ ހެއްދުމާއި ފަޅު ގޮވާންކުރުމުގެ ޕްރޮޖެކްޓްތައް ހިންގުން. ޒުވާނުންނަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

Vertical Farming

ދަނޑުވެރިކަން އާ ހަރުފަތަކަށް

ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ވާޓިކަލް ފާމިން (ހައިޑްރޯޕޯނިކްސް، އެކުއާޕޯނިކްސް) ތަޢާރަފުކޮށް، ޒަމާނީ ވަޞީލަތްތަކާއެކު ދަނޑުވެރިންނަށް ފަންނީ ތަމްރީނު ފޯރުކޮށްދިނުން.

Business Infrastructure

ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން

ވިޔަފާރީގެ މަންފާ އިތުރުކުރުމަށް ވެއަރ ހައުސިން އަދި ކޯލްޑް ވެއަރ ހައުސިން ތަޢާރަފުކޮށް، ގުދަންކުރުމަށާއި ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުން.

Boat Building

ލޯންޗު އަދި ޑިންގި ބަނުމުގެ ސިނާއަތެއް އުފެދުމަށް އެހީތެރިވުން

މާމެންދޫގައި ލޯންޗު އަދި ޑިންގި ބަނުމުގެ މަސައްކަތް ފަށައި، ޒުވާނުންނަށް އާމްދަނީގެ އާ ދޮރުތައް ހުޅުވައިދިނުން. މިކަމަށް ބޭނުންވާ ބިން ހެޔޮ އަގުގައި ދޫކުރުން.

Skilled Students

ސްކޫލު ކުދިންގެ ހުނަރު ކުރިއެރުވުން

ސޮފްޓް ސްކިލްއާއި، ރިވެތި އަޚްލާޤާއި ނަމާދު ޕްރޮގްރާމްތައް ކުރިއަށްގެންދިއުން. ހުނަރުވެރި، ދީންވެރި ޖީލެއް ބިނާކުރުން.

Internship Program

އިންޓާންޝިޕް އަދި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް

ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ވަޒީފާގެ މާހައުލު ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދައިދިނުން. އަދި ކޮންމެ އަހަރަކު ޒުވާނުންނަށް އާ ހުނަރުތައް (މިސާލަކަށް: ލިޔެލާ ޖެހުން، ކަރަންޓު މަސައްކަތް) ދަސްކޮށްދިނުން.

Rehabilitation Support

ޒުވާނުން މަސްތުގެ ވަބާއިން ސަލާމަތްކުރުން

މަސްތުގެ ވަބާގައި ޖެހިފައި ތިބި ކުދިންނަށް ފަރުވާދީ، ޕޮލިހުންނާއި ޑިޓޮކްސްއާ ގުޅިގެން ޚާއްސަ ޓާސްކްފޯސްއެއް ޤާއިމުކުރުން.

Nursery Class

ރަށުގައި ނާސަރީ ތަޢުލީމު ކަށަވަރުކުރުން

ތުއްތު ކުދިންނަށް ބޭބީ ނާސަރީ އަދި ނާސަރީ ކްލާސްތަކުގެ ޚިދުމަތް ރަށުގައި ލިބިގެންދާނެކަން ކަށަވަރުކުރުން.

Special Needs Therapy

ކިޔެވުމުގެ އުނިކަންހުންނަ ކުދިން ދެނެގަތުމާއި ހޭލުންތެރިކުރުުން

އޭޑީ.އެޗް.ޑީ، އޯޓިޒަމް ފަދަ ކަންކަން ދެނެގަނެ، ބެލެނިވެރިން ހޭލުންތެރިކުރުވައި، ދެވިދާނެ ތެރެޕީތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

Computer Lab

ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ ސާމާނު ހަދިޔާކުރުން

ޒަމާނީ ކޮމްޕިއުޓަރުގެ އެހީގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކޮށް، މުދައްރިސުންނަށް ކިޔަވައިދިނުމަށް ފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުން.

Women's Bootcamp

އަންހެނުންނަށް ހާއްސަ ކަސްރަތު ޕްރޮގްރާމްތައް (ބޫޓް ކޭމްޕް)

އަންހެނުންގެ ދުޅަހެޔޮކަމަށްޓަކައި "ބޫޓް ކޭމްޕް" ހިންގައި، ރައްކާތެރި މާހައުލެއްގައި ކަސްރަތުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.

Sports Coaching

ފަންނީ ކޯޗިންގ ޕްރޮގްރާމްތައް

ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފަންނީ ތަމްރީނުދީ، ކުޅިވަރުގެ ހުނަރުވެރިން އުފެއްދުން.

Health Awareness

ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް

ރަނގަޅު ކާނާއާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކޮށް، ދިރިއުޅުމުގެ ރަނގަޅު އާދަތައް އަށަގެންނެވުން.

Water Park

މޫދު ކުޅިވަރު ނުވަތަ ވޯޓާ ޕާކް ތަރައްޤީކުރުން

ރަށުގެ ބީޗް ސަރަހައްދުގައި އާއިލާތަކަށާއި ކުޑަކުދިންނަށް ހާއްސަ "ވޯޓާ ޕާކެއް" ޤާއިމުކޮށް، މޫދު ކުޅިވަރު ދިރުވުން.

Indoor Playground

އިންޑޯ ޗިލްޑްރެން ޕްލޭއިން ޕާކް

ހުރިހާ މޫސުމެއްގައިވެސް ކުދިންނަށް ކުޅެވޭނެ ޒަމާނީ އިންޑޯ ޕާކެއް ހަދައި، ކުދިން ސްކްރީނާ ދުރުކޮށް ހަށިހެޔޮކަން އިތުރުކުރުން.

Indoor Gym

އިންޑޯ ޖިމްގެ ޚިދުމަތް ކަށަވަރުކުރުން

ޒަމާނީ ވަސީލަތްތަކާއެކު އެންމެންނަށް ކަސްރަތު ކުރެވޭނެ އިންޑޯ ޖިމްއެއްގެ ޚިދުމަތް ފޯރުކޮށްދިނުން.

Conference Center

ކޮންފަރެންސް ސެންޓަރެއް ގާއިމުކުރުން

ސަރަހައްދީ ފެންވަރުގެ ބައްދަލުވުންތައް ބޭއްވޭނެ ޒަމާނީ ސެންޓަރެއް ބިނާކޮށް، ގެސްޓްހައުސް ވިޔަފާރިއާއި އިޤްތިސާދު ކުރިއެރުވުން.

Environmentally Friendly Sand Mining

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަށިވެލި ނެގުމުގެ އިންތިޒާމު

ތިމާވެށި ހިމާޔަތްކުރުމާއެކު، އާންމު ބޭނުންތަކަށް ކަށިވެލި ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

Island Bridge

މާމެންދޫ-ހުޅެމެންދޫ ފާލަމަކުން ގުޅުވާލުމާއި ޓޫރިޒަމް ހަބެއް

މާމެންދޫ އާއި ހުޅެމެންދޫ ފާލަމަކުން ގުޅުވާލައި، ހުޅެމެންދޫގައި ޕިކްނިކް ސަރަހައްދަކާއި ޓޫރިޒަމް ހަބެއް ތަރައްޤީކުރުން.

Heritage Park

ނޭޗާ އެންޑް ހެރިޓޭޖް ޕާކު: ތާރީޚާއި ސަގާފަތުގެ ދިރުން

ކާބަފައިންގެ ދިރިއުޅުން ދައްކުވައިދޭ މޮޑެލްތަކާއެކު ޕާކެއް ހަދައި، ފަތުރުވެރިކަމަށާއި އަންނަން އޮތް ޖީލުތަކަށް ތާރީޚު ފޯރުކޮށްދިނުން.

Modern Library

އިލްމީ މުޖުތަމައަކަށް ޒަމާނީ ލައިބްރަރީއެއް

ދިރާސާކުރުމާއި އުނގެނުމަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ޒަމާނީ ލައިބްރަރީއެއް ތަރައްޤީކުރުން.

Fishing Jetty

މަސްވެރިންނަށް ހާއްސަ "ފިޝިންގ ޖެޓީ"

ރަށުގެ އިރުމަތީ ފަރާތުގައި ސްޕޯޓްސް ފިޝިންގްއަށާއި މަންޒަރު ބަލާލުމަށް ހިތްގައިމު ޖެޓީއެއް ތަރައްޤީކުރުން.

Misbaah Mujthabaa Campaign Poster